އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި

2 hours ago - 08:46
Advertisement
Advertisement

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަސައްކަތާއި، 12 އިސްލާމީ މަރުކަޒަކާއި، 16 ޤުރުއާން ސެންޓަރުގެ އިތުރުން ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢުއެކެވެ.


އެ ވުޒާރާއިން ބުނި ގޮތުގައި، އިސްލާމީ ދާއިރާއިން ކުރިއަށްދާ މި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ދައުރުގެ ތެރޭގައި ހިންގޭ އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާކުރާ "ދާރުލްއަރުޤަމް" އަދި ހުޅުމާލޭގައި ބިނާކުރާ "ދާރުއްސަލާމް" ވަޤްފު ޢިމާރާތް ހިމެނެއެވެ.


މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމުގެ ތައްޔާރީތައް ވެސް ދަނީ ކުރެވެމުންނެވެ. ބޭރުގެ ފަރާތަކުން ފައިނޭންސް ކުރާ މި ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދީނުގެ ކަންކަން ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، މި މަޝްރޫޢުތަކަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement