ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

2 hours ago - 08:39
Jun 24, 2026 - 08:41
Advertisement
Advertisement

ޅ. ނައިފަރުގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.


އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ މުޅި އަމަލީ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މަސައްކަތްތައް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ހަލުވިކަމާއެކު ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1,813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.                    

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 679.03 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނައިފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި މަޝްރޫޢު ނިމުމުން ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement