ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ޚާރިޖީ ވަޒީރު ކުށްވެރިކުރައްވައިފި
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު / ފޮޓޯ: ހާރިޖީ ވުޒާރާ

ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ޚާރިޖީ ވަޒީރު ކުށްވެރިކުރައްވައިފި

1 day ago - 11:39
Mar 8, 2025 - 11:41
Advertisement
Advertisement

ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ކުށްވެރި ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ކުއްވެރިކުރައްވާފައި ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ޖިއްދާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައެވެ.

ދިވެހި ހާރިޖިއްޔާއިން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވަޒީރު އެމަނިކުފާނުގެ ތަޤްރީރުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ފާހަގަކުރެއްވިކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރެއްވި ކަމަށް ހާރިޖިއްޔާއިން ވިދާޅުވިއެވެ.

Advertisement
Advertisement

ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރު ގޮވާލެއްވި ކަމަށާއި، އަދި އަރަބް ލީގް ސަމިޓްގައި ފާސްކުރި ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވަޒީރުހާމަކުރެއްވިކަމަށް ހާރިޖިއްޔާއިން ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވި ކަމަށާއި، އަދި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުންކަން ވަޒީރު ފާހަގަކުރެއްވިކަމަށް ވެސް ހާރިޖިއްޔާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement