މިފްކޯއިން އަޅާ މަސްބަންދުކުރާ ފެކްޓްރީ ކަނޑުއޮތްގިރިން، ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި
މިފްކޯއަކީ އެންމެ ފުޅާދާއިރާއެއްގައި މަސްބަންދުކުރުމުގެ މަސައްކަތްކުރާ ކުންފުނި / ފޮޓޯ:މިފްކޯ

މިފްކޯއިން އަޅާ މަސްބަންދުކުރާ ފެކްޓްރީ ކަނޑުއޮތްގިރިން، ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި

1 year ago - 22:57
Mar 16, 2025 - 23:21
Advertisement
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރީގައި އަޅަން ނިންމާފައިވާ މަސް ބަންދުކުރާ ކާރުޚާނާ ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފިއެވެ.

މިފްކޯއިން ވިދާޅުވީ މި ނިންމުން ނިންމީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއެކު ހުޅުމާލެއިން ބިމެއް ލިބުމާ ގުޅިގެންކަމަށެވެ.

މިފްކޯއިން ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން މި މަޝްރޫޢުއަށް 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. މި ފެސިލިޓީއަކީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ތަނެއްކަމަށް ވެސް މިފްކޯއިން ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވީ މަސްބަންދުކުރާތަން އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، އަދި މި ފެސިލިޓީން ފަސޭހަކަމާއެކު މަސް ޕްރޮސެސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އުންމީދެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement