
ލިވަޕޫލް ބަލިކޮށް ނިއުކާސަލައިން އިން އިނގިރޭސި ލީގުކަޕް އުފުލާލައިފި
އިނގިރޭސިވިލާތުގެ ގައުމުތަކުގެ މެދުގައި ކުޅޭ މުބާރާތެއްގައި ތައްޓެއްގައި އަތްލަން ނުލިބި 70 އަހަރުފަހުން ނިއުކާސަލް ޔުނައިޓަޑް އިން ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގުކަޕް އުފުލާލައިފިއެވެ. އާދިއްތަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިއުކާސަލްއިން ކާމިޔާބުކުރީ 2-1 ންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޑެން ބާންއެވެ. އެއީ ކިއެރަން ޓްރިޕިއަރ ނަގައިދިން ކޯނަރު ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. 53 ވަނަ މިނިޓްގައި ޖެކޯބް މާފީ ތަނަވަސްކޮށްދިން ބޯޅައަކުން ނިއުކާސަލްގެ ލީޑު ފުޅާކޮށްދިނީ އަލެންސަންޑަރ އިސާކްއެވެ.
ކަޅާއި ހުދުގައި ސަޕޯޓަރުން ފުރިފައި އޮތް ސްޓޭޑިއަމްގައި ނިއުކާސަލްއިންވަނީ ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓްއިން ފެށިގެންވެސް މެޗު ކޮންޓްރޯލްކޮށްގެ ކުޅެފައެވެ.
ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ލިވަޕޫލްއަށް ގޯލެއް ކާމިޔާބުކުރެވޭވަރުވީ މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ހަވަނަ މިނިޓްގައެވެ. ހާވީ އެލިއެއޮޓް ތަނަވަސްކޮށްދިން ފުރުޞަތުގައި ލިވަޕޫލްގެ ހަމައެކަނިގޯލް ފެޑެރީކޯ ޗިއޭސާ ކާމިޔާބު ކުރިއިރު މާބޮޑަށްވެސް އޮތީ ވަގުތު ފާއިތުވެފައެވެ.
އެޑީ ހޯވްސް ގެ އިރުޝާދުގެ ދަށުން ނިއުކާސަލްއިން ކަރަބޯކަޕް އުފުލާލިއިރު މިއީ 1955 ވަނަ އަހަރުފަހުން ކްލަބުން އުފުލާލި ފުރަތަމަ ޑޮމެސްޓިކް ޓްރޮފީއެވެ.
ރިއެކްޝަންސް






