17 އަހަރުން ދަށުގެ ޓީމް ބޫޓާނަށް
ކޯޗު މުޙައްމަދު އާދަމް

17 އަހަރުން ދަށުގެ ޓީމް ބޫޓާނަށް

2 days ago - 06:07
Sep 18, 2024 - 06:08

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް ބޫޓާނަށް ހިނގައްޖެ އެވެ.

މިމަހުގެ 20-30 އަށް ބޫޓާންގައި އޮންނަ މުބާރާތުގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި އިންޑިޔާއާއި ބަނގްލެދޭޝް ހިމެނޭ ގްރޫޕް އޭ ގައެވެ. ގްރޫޕް ބީގައި ހިމެނެނީ ބޫޓާނާއި, ނޭޕާލާއި, ޕާކިސްތާނުގެ އިތުރުން ސްރީލަންކާ އެވެ.

ރާއްޖެ ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ވާދަކުރާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ދެވަނަ މެޗުގައި އިންޑިޔާއާ ވާދަކުރާނީ 24 ވަނަ ދުވަހު އެވެ.

މުބާރާތަށް ފުރުމުގެ ކުރިން ކޯޗު މުޙައްމަދު އާދަމް ބުނީ ރާއްޖޭގެ ބޯޅަ އޮތް ހާލަތަށް ބަލާއިރު ވަރަށް ރަނގަޅަށް ތައްޔާރު ވެވިފައިވާ ކަމަށެވެ.

Advertisement

" އަހަރެމެންގެ ނަސީބު ދެރަކަމުން ކަމެއް, އަހަރެމެންގެ ފެންވަރު ޓެސްޓްކޮށްލަން ކަމެއް ނޭންގެ އަހަރެމެން މީނީ އިންޑިޔާއާ ބަންގާޅާ, މިދިޔަ އަހަރުގެ ޗެމްޕިއަނާ ރަނަރަޕްއާ އެއް ފަޅިއެއްގައި. އެކަމަކުވެސް އުއްމީދު މިކުރަނީ ދެވަނަ ރައުންޑަށް ދިއުމަށް" މުހައްމަދު ބުންޏެވެ.

މުހައްމަދު އާދަމް ބުނީ މީގެ ކުރިން 17 އަހަރުން ދަށުގެ ޓީމެއް ނުގެންނަ ވަރުގެ ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރާ ކަމަށެވެ. މުބާރާތަށް ތައްޔާރުވާން ކުޅިވަރާއި ބެހޭ ވުޒާރާއާއި, އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ލިބުނު އެއްބާރުލުން މުޙައްމަދު ފާހަގަކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow