
ފަހު ވަގުތު މެންޗެސްޓަރ ސިޓީން އެވަރޓަން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ހުވަފެން ދަމަހައްޓައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި އެވަރޓަން ބައްދަކުރި މެޗު ނިމެންދަނިކޮށް 2 ގޯލް ކާމިޔާބުކޮށް ސިޓީން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ހުވަފެން ދަމަހައްޓައިފިއެވެ. ސިޓީން އެވަރޓަން ބަލިކުރީ 2-0 ންނެވެ.
މެޗު ނިމޭނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިކަމަށް ބެލެވިފައިވަނިކޮށް މެޗު ނިމެން އެންމެ 6 މިނިޓަށް ވެފައިވަނިކޮށް ސިޓީގެ އުއްމީދު އާކޮށްދިނީ ޒުވާން ފުލްބެލް ނިކް އޯ'ރެލީއެވެ. މެތިއުސް ނުނޭޒް ތަނަވަށްކޮށްދިން ފުރުޞަތުގައި ސިޓީން ލީޑުނެގީ 84 ވަނަ މިނިޓްގައެވެ.
ގޫޑިސަން ޕާކުގައި ކުޅުނު މެޗުގައި ސިޓީގެ ދެވަނަ ގޯލް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން މަޓެއޯ ކޮވަސިޗްއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރުވަގުތުގެ ދެވަނަ މިނިޓްގައި މި ގޯލް ކާމިޔާބު ކުރީ އިކާއި ގުންޑޯގަން ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ނަތީޖާއާއެކު މިވަގުތު ސިޓީ 58 ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. ނަމަވެސް ފަސްވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓާއި ހަވަނައިގައި އޮތް ޗެލްސީ އާ ކައިރިކައިން ވާދަކުރާއިރު ހަތަރުވަނަ މަޤާމްގައި އެއްވެސް ޓީމަކަށް ހަމަޖެހިގެން އޮވެވޭ ގޮތެއްނުވާނެއެވެ. ޗެލްސީ އާދިއްތަދުވަހު ނިކުންނާނީ ފުލަމް އާ ދެކޮޅަށެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޕްރިމިއަރ ލީގުގެ ގަދަ ފަސް ޓީމު ކޮލިފައިވާނެއެވެ.
ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ބްރެންޓްފޯޑް ވަނީ 4-2 ން ބްރައިޓަންގެ މައްޗަށް ކުރިހޯދާފައެވެ. ކްރިސްޓަލް ޕެލަސް އާއި ބާންމައުތު ބައްދަލުކުރި މެޗު އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުންއިރު, ވެސްޓްހެމް އާއި ސައުތަޕްމްޓަންގެ މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
ރިއެކްޝަންސް






