
ގެެތަކާއި ޓެންޓްތަކަށްވެސް ބޮންއަޅާ ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ޣައްޒާގައި 92 މަރު!
އިޒްރާއިލްއިން ފާއިތުވެދިޔަ 48 ގަޑިއިރުތެރޭގައި ޣައްޒާއަށް ދިން ހަމަލާތަކުގައި 92 މީހުން މަރުވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.
ގިނަ ހަމަލާތަކެއް އާންމުން ދިރިއުޅޭ ޓެންޓް ތަކަށާއި ވަގުތީހިޔާތަކަށް އަމާޒުކޮށްފައިވާއިރު ހަމަލާތަކުގައި 219 މީހަކު ޒަހަމްވެފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އާދިއްތަ ދުވަހު ޣައްޒާގެ ހެލްތު މިނިސްތްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތްކުރުމަށް މީހުންސަލާމަތްކުރާ ޓީމްތަކަށް އަދި އެސަރަޙައްދަށް ނުވަދެވޭ ކަމުގައެވެ.
އިޒްރާއިލްއިން ކުޑަވެސް ދުލެއްނުދީ ހަމަލާތައް ކުރިއަށް ގެންދާއިރު ޣައްޒާއަށް އިންސާނީ އެހީހުއްޓުވާފައިވާތާ މިއީ ހަތްވަނަ ހަފުތާއެވެ. ހަމާސްއިން ބުނެފައިވަނީ އިޒްރާއިލްއިން ހަމަލާތައް އެއްކޮށް ހުއްޓާނުލަނީސް އިޒްރާއިލްއާއެކު އެއްވެސް އެއްބަސްވުމަށްކަށް ނުދާނެކަމުގައެވެ.
ހަމާސްއިންވަނީ ހަމާލާތައް އެއްކޮށް ހުއްޓާލުމަށް އިޒްރާއިލްއިން އެއްބަސްވާނަމަ ބާކީތިބި 58 ރަހީނުން މިނިވަންކުރާނެ ކަމަށް ބުނެފައެވެ. އަދި އެއާއެކު އިޒްރާއިލްގެ ސިފައިން އެއްކޮށް ޣައްޒާއިން ފޭބުމަކީވެސް ހަމާސްގެ ޝަރުތެކެވެ.
"ޣައްޒާގެ އެއްވެސް މީހަކު, އެމީހެއްގެ ޓެންޓުގައި ވިއަސް, ވަގުތީހިޔާއެއްގައި ނޫނީ ގޭގައިވިޔަސް އެއްވެސް ރައްކާތެރިކަމެއްނެތް. އިޒްރާއިލްއިންދަނީ ތަނެއް ދޮރެއް ނުބަލާ ހިތުހުރި ދިމާއަކަށް ބޮންއަޅަމުން" މެދުތެރޭ ޣައްޒާއިން އަލް ޖަޒީރާގެ ތާރެގް އަބޫ-އަޒޫމް ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާއަށް ކާބޯތަކެތި އެރެވެވޭނެ އެންމެހާ މަގުތައް އިޒްރާއިލްއިން ބަންދުކޮށްފައިވާއިރު ޣައްޒާގެ ކުޑަކުއްޖަކަށް ދުވާލަކު އެއްފަހަރުވެސް އެވަރެޖްކޮށް ކާން ނުލިބޭކަމަށް އެހީދޭ ޖަމާއާތްތަކުން ވަނީ ބުނެފައެވެ. މިގޮތަށް ކުރިއަށްދާނަމަ ޣައްޒާ ބަނޑަށްޖެހި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެތައް ފަހަރެއްގެ މަތިންދީފައެވެ.
ރިއެކްޝަންސް






