
ޢީދު ދެވަނަ ދުވަހުވެސް ޣައްޒާގައި 70އަށްވުރެ ގިނަ މަރު, ހައިހޫނު ކަމުގެ އިންތިހާ ޢީދެއް!
އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޢީދު ދެވަނަ ދުވަހު އެކަނިވެސް މަދުވެގެން 75 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖްޒީރާއިން ބުނެފިއެވެ. ޢީދު ފެށުނީއްސުރެ މިއަދާ ހަމައަށް 125 މީހުން ޝަހީދުކޮށްްލާފައިވާކަން މަސްދަރުތަކުންވަނީ ޔަޤީންކޮށްދީފައެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތަކުގެ ތެރެއިން ދިރިއޮތް އެއްވެސް މީހެއްގެ ހަށިގަނޑެއް ފެނޭތޯ މަސައްކަތްކުރަމުންނެވެ. ޣައްޒާގެ ރައްޔިތުން ބުނި ގޮތުގައި މިއީ ޣައްޒާއަށް ކުރިމަތިވި އެންމެ ވޭންދެނިވި ޢީދެވެ.
ހައިހޫނުކަން އިންތިހާއަށް ގޮސްފައިވާ މި ޢީދުގައި ޣައްޒާއަށް އިންސާނީ އެހީ ލިބުން ހަފުތާއަކަށް ހުޅުވުމަށްފަހު އަނެއްކާވެސް ވަނީ ބަންދުކޮށްފައެވެ. އެހީ ހޯދަށް ބޭރަށް ނިކުތުންވެސް ވެފައިވަނީ މަރުގެ ދަންތުރަ އަކަށެވެ.
ފަލަޞްޠީނުގެ މަދަނީ ދިފާއިގެ ތަރުޖަމާނު މަޙްމޫދު ބަސެލް އަލްޖަޒީރާއަށް ބުނި ގޮތުގައި އިޒްރާއިލްގެ ހަމަލާތައް ދިނީ ކުއްލިއަކަށެވެ. އަދި ހަމަލާ ދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައި ނުވާކަމަށާއި, ޣައްޒާ ސިޓީގެ ޞަބްރާ ސަރަހައްދުގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި އެކަނިވެސް އެއް އާއިލާއެއްގެ 16 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އޭގެތެރޭގައި ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުން ހިމެނޭ" ބަސެލް އަލްޖްޒީރާއަށް ބުނެފައި ވެއެވެ.
ބަސެލް އިތުތަށް ބުނީ އެތައް އާންމުންނެއް ހިމާޔަތްހޯދައިގެން ތިބި ގެއަކަށް ދިން މި ހަމަލާއަކީ ޤަތުލްއާންގެ ފުރިިހަމަ އަމަލެއް ކަމަށެވެ. އޭނާ ބުނީ އެސަރަހައްދަށް ދިންހަމަލާތަކުގައި ސުންނާފަތިިވި އިމާރާތްތަކުގެ ދަށުގައި 85 ށްވުރެ ގިނަ މީހުން ތާށިވެފައި ވާނެކަމަށް ބެލެވޭކަމުގައެވެ.
"އަހަރެމެންނަށް ހޭލެވުނީ ހަމަލާތަކުގެ އަޑުފައްގަނޑާއި މީހުންގެ ހަޅޭކުގެ އަޑާއެކު. އޭރު އަހަރެމެންގެ ބޮލަށްވެސް ގާތަށް ފައިބަން ފަށައިފި" ޢިދު ދެވަނަ ދުވަހު ކުރިމަތިވި ކަހަލަ ވަރުގަދަ ހަމަލާއަކާ އަދި ކުރިމަތިނުވާ ކަމުގައި ވިއްސިވިިހާލި ވެފައިވާ ޣައްޒާގެ ހަމީދް ހެލީލް އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
ޢީދު ދުވަހު ހޭލާ, ކުދިންނާ އާއިލާއާއެކު ހީ ސަމާސާކޮށް އުފާލާއި ކުޅުމުގެ އަަހަރެމެން ހޭދަންވީއިރު, އަހަރެމެންނަށް މި ޖެހެނީ ކުދިންގެ ފުރާނަ ނެތް ހަށިގަނޑު ގާތަކުގެ ތެރެއިންދަމާ ނެރެ ކަފުނުގައި ބައްދާލައިގެން ރޯން." އޭނާ ބުންޏެވެ.
ރިއެކްޝަންސް






