ޣައްޒާއަށް ފޯރާނެ ކަމުގެ އުންމީދުގައި މިޞްރުގެ ޒުވާނުން ފުޅީގައި ކާބޯތަކެތީ ކަނޑާ ހަވާލުކުރަނީ
ކަނޑާ ހަވާލުކޮށް ޣައްޒާއަށް ފޮނުވާ ކާބޯތަކެތި އަޅާފައިވާ ފުޅިއެއް. ފޮޓޯ: ސުހައިރް ނަފަލް

ޣައްޒާއަށް ފޯރާނެ ކަމުގެ އުންމީދުގައި މިޞްރުގެ ޒުވާނުން ފުޅީގައި ކާބޯތަކެތީ ކަނޑާ ހަވާލުކުރަނީ

1 day ago - 21:26
Jul 24, 2025 - 21:27

މިއީ މިއަދު މީސްމީޑިއާގެ އިންސްޓަގްރާމް ރީލެއްގައި ޣައްޒާގެ ރައްޔިތުންނަށްޓަކައި ފޯރުކޮށްދިން އުންމީދީ މެސެޖެއްގެ ވާހަަކައެވެ. ވަށައިގެން ތިބި މުސްލިމް ޤައުމުތަކުގެ ވެރިން  ޣައްޒާގެ ރައްޔިތުންނަށް ވަމުންދާ ހިޔާނާތުގައި ރައްޔިތުން ބައިވެރިނުވާނެކަމަށާއި, އިންސާނިއްޔަތުކަން އަދި މަރުނުވާކަމުގެ ހެއްކެކެވެ. 

މިއީ އަވައްޓެރި މިޞްރުގެ ޒުވާނުންތަކެއް އިސްނަގައިގެން ޣައްޒާގެ ގޮނޑުދޮށަށް ލައްގާނެ ކަމުގެ އުއްމީދުގައި الله ސުބްހާނަހޫ ވަތައާލާއާ ވަކީލުކޮށް ކަނޑަށް އުކަމުންދާ ކާއެއްޗެހި އަޅާފައިވާ ފުޅިތަކުގެ ވާހަކައެވެ. އަޑިއަށް ނުދާ ވަރަށް ހަނޑުލާއި, ފުށް, ލެންޓިލްސް, ބީންސް އަދި ތުއްތުކުދިންގެ ފޯމިއުލާ އެމީހުންގެ ފުޅިތަކަށް އަޅާ, ޣައްޒާއަށްޓަކައި މެސެޖެއް އޭގައި ލިޔެފައި ވެއެވެ. 

"ޔާ الله! މި ފުޅި ޣައްޒާއަށް ފޯރުކޮށްދެއްވާންދޭވެ! ނޫހުގެ ފާނުގެ ނައުކޮޅު ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ސަލާމަތްކުރެއްވި ފަދައިން މިތަކެތި ޣައްޒާގެ އަހުލުވެރިންނާ ހަމައަށް ފޯރުކޮށްދެއްވާންދޭނެ" ފުޅިތައް އުކަމުން އޭނާ ގޮވަމުންދިޔައެވެ.

އަދި ފަލަޞްޠީނަށްޓަކައި އެމީހުންނަށް އެއްވެސް ކަމެއް ކޮށްނުދެވުނީތީ އެމީހުންގެ އަހުންގެ ކިބައިން މާފަށް އެދޭކަމަށްވެސް އޭނާ ބުނަމުން ދިޔައެވެ. އަދި މިކަމުގެ ސަބަނުން ޢާހިރަތްދުވަހު އޭނާއަށް ސަލާމަތްކަން ދެއްވާތޯ އެދޭކަމުގައި ވެސް ގޮވަމުން ދިޔައެވެ.

Advertisement
Advertisement

މިއީ ޣައްޒާގެ ރައްޔިތުންނާއެކު އާންމު ފަރުދުން ތިބިކަން ދުނިޔެއަށް ދައްކައިދިން ވަރުގަދަ އަމަލެކެވެ. މި ހަރަކާތުގައި މިޞްރުގެ އިތުރުން ލީބިޔާ, ތޫނިސް, އަލްޖީރިއާ އަދި މަޤްރިބްކަރައިގެ ޒުވާނުންވެސް ހިމެނެއެވެ. 

އެމީހުންނަށް އެތަކެތި ޣައްޒާއަށް ނުފޯރަފާނެކަމުގެ ފުރުޞަތު އޮތްނަމަވެސް އެމީހުންނަށް ވެވުނު ވަރަކުން ޣައްޒާގެ ރައްޔިތުން ތަހައްމަލްކުރަމުންދާ ހައިހޫނުކަމަށް ތަސައްލީއެއް ލިބޭތޯ ބަލަނީއެވެ. ދައުލަތްތައް ފެއިލްވެ, ޣައްޒާއަށް ހިޔާނަތްތެރިވިއަސް ރައްޔިތުންގެ ހިތުގައި ޣައްޒާއަށްޓަކައި އޮތީ ލޯތްބެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow