
މިނިވަން ދުވަހުގެ ބަންދުތެރޭގައިވެސް ޕާސްޕޯޓް ހަދައިދިނުން ކުރިއަށް ދާނެ
މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފި އެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށާއި، އަދި 65 އަހަރުން މަތީގެ މީހުންނަށާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ. އެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތާއި، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުން، މިނިވަން ދުވަސްކަމަށްވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލައިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އޭގެ އިތުރުން އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ވެސް އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. އިމިގްރޭޝަނުން ބުނީ އެ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ޕާސްޕޯޓަށް އެދި ހުށަހެޅުމާއި އަދި ޕާސްޕޯޓާ ހަވާލުވާން ނަމްބަރު ދޫކުރުން ކުރިއަށް ދާނެކަމަށެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ މިގޮތަށް އަންނަ ދިގު ބަންދު ތަކުގައި ރައްޔިތުންނަށް ބޭނުންވާނެ ޕާސްޕޯޓުގެ ޚިދުމަތް ދިނުން ކުރިއަށް ގެންގޮސްފައެވެ.
ރިއެކްޝަންސް






