ޕީއެންސީގެ އެތެރޭގެ އިންތިޚާބު އޮކްޓޯބަރު 19 ގައި
ޕީއެންސީގެ އިންތިޚާބާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު އޮކްޓޯބަރު 19 ގައި

ކުުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް މަގާމްތަކަށް ކުރިމަތި ލެވޭނެ

8 days ago - 13:32
Advertisement

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފިއެވެ. އިންތިޚާބަށް މިއަދު ހުޅުވާލައްވާނެ ކަމަށް އެޕާޓީން ބުންޏެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 1800 އެވެ. އިންތިޚާބުކުރާ މަގާމްތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި, ނައިބުރައީސުންނާއި, ޒުވާނުންގެ ގޮފީގެ ރައީސާއި, އަންހެނުންގެ ގޮފީގެ ރައީސާއި, ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތައް ހިމެނެއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލި ކޮމިޓީގެ ޗެއަރ ހެލްތް މިނިސްޓަރ ޑރ.އަބްދުالله ހަލީލް ވިދާޅުވީ ދާއިރާތަކުގެ ރައީސުންގެ އިންތިޚާބު ބާއްވާނީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ މެމްބަރުން ނެތް ދާއިރާތަކުން އެކަނި ކަމަށެވެ. އެޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިއްބެވި ދާއިރާ ތަކުގައި, ދާއިރާގެ ރައީސަކަށް ވާނީ މަޖިލިސް މެމްބަރު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ދާއިރާއަކުންވެސް ނައިބުރައީސް އިންތިޚާބު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސްޓިއަރިންގ ކޮމިޓީވެސް ކޮންމެ ދާއިރާއަކަށް އިންތިޚާބުކުރަން ޕީއެންސީން ވަނީ ނިންމާފައެވެ. އެގޮތުން 3000 އަށްވުރެ ދަށުގެ އާބާދީ ތަކަށް އިންތިޚާބުކުރަނީ 7 މެމްބަރުންގެ ސްޓިއަރިންގ ކޮމިޓީއެވެ. އަދި 3000 އަށްވުރެ މަތީގެ އާބާދީތަކަށް 9 މެމްބަރުންގެ ސްޓިއަރިންގ ކޮމިޓީއެވެ. ޕީއެންސީއަށް ނިސްބަތްވާ ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް ސްޓިއަރިންގ ކޮމިޓީން ޖާގަ ލިބެއެވެ.

Advertisement

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމާއި, ވޯޓް ލުމުގެ ހައްގު މިމަހުގެ 30 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ދޭންވެސް ޕީއެންސީން ވަނި ނިންމާފައެވެ. ވޯޓާރސް ލިސްޓް އިއުލާނު ކުރާނީ އަންނަ މަހުގެ 4 ވަނަ ދުވަހު ކަމަށް ހަލީލް ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ވާނީ މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބަށް ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އޮންނާނެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ޕީއެންސީ ވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ. އެމުއްދަތަށް ދާއިރު ޕީއެންސީގެ މެމްބަރުންގެ 75000 އަށް އިތުރުކުރުމަކީ އަމާޒު ކަމަށް ވިދާޅުވިއެވެ. މިހާރު ލިބިފައިވާ ފޯމްތައް ޕްރޮސެސް ވުމުންވެސް ޕާޓީގެ މެމްބަރުންގެ އަދަދު 50,000 އަށް އަރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement