މިނިސްޓަރ މުއްތަލިބު މުމްބާއީގެ ކަނޑު އަޑީގެ ޓަނަލް އަށް
މިނިސްޓަރ މުއްބާއީ ޓަނަލްގައި: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

މިނިސްޓަރ މުއްތަލިބު މުމްބާއީގެ ކަނޑު އަޑީގެ ޓަނަލް އަށް

8 days ago - 12:18
Advertisement

އިމާރާތް ކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު މުމްބާއީގައި ހަދަމުންދާ ކަނޑު އަޑީގެ ޓަނަލް އަށް ވަޑައިގަންނަވައިފި އެވެ.

މިހާރު ހަދަމުންދާ ޓަނަލްއަށް މިނިސްޓަރ ވަޑައިގެންނެވީ ރާއްޖެއިން އިންޑިޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުގެ އަރިހުގައެވެ. މިނިސްޓްރީގެ އިތުރު ދެ ސްޓޭޓް މިނިސްޓަރުންވެސް ވަޒީރުގެ އަރިހުގައި ވަޑައިގެންނެވިއެވެ.

މުމްބާއީ ކަނޑު އަޑީގެ ޓަނަލަކީ މިހާރު ހެދުމުގެ މަސައްކަތް ކުރަމުންދާ ޓަނަލެކެވެ. ވަޒީރު ވަޑައިގެންނެވީ އެތަނުގެ މަސައްކަތް ބައްލަވާލެއްވުމަށެވެ.

މިއީ މުމްބާއީއާއި އަހުމަދުއާބާދު އާދެމެދު ރެއިލް ދަތުރުކުރަން އަޅާ ޓަނަލެކެވެ. 21 މީޓަރުގެ ޓަނަލްގެ ތެރެއިން ކަނޑު އަޑީގައި އޮންނަނީ 7 ކިލޯ މީޓަރެވެ.

Advertisement

މުމްބާއީ ޓަނަލް އަޅަނީ އެފްކޮންސް ކުންފުނިންނެވެ. އިންޑިޔާގެ އެފްކޮންސް އަކީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ ކުންފުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހުވަފެނީ މަޝްރޫއު 'ރަސްމާލެ' އާ މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement