16 ޓަވަރުގެ ސްޓްރަކްޗަރ ނިމިއްޖެ
ހިޔާ ޓަވަރުތައް

16 ޓަވަރުގެ ސްޓްރަކްޗަރ ނިމިއްޖެ

8 days ago - 12:07
Advertisement

ހުޅުމާލޭގައި އަޅަމުންދާ ހިޔާ ފްލެޓްތަކުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗަރ ނިމިއްޖެ އެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނީ އަމާން އުދަރެސްގެ 16 ޓަވަރުގެ ސްޓްރަކްޗަރ މަސައްކަތް މުޅިން ނިންމާލެވިފައިވާ ކަމަށެވެ.

ހުޅުމާލެ 2 ގައި މިދިޔަ ސަރުކާރުން 32 ޓަވަރުގެ މަސައްކަތް ފަށާ, އެކި ޓަވަރުތަކުގެ މަސައްކަތް ހުރީ އެކި މިންވަރަށް ނިމިފައެވެ. މިއީ މިހާރު ދިނުން ލަސްވެގެން ކަންބޮޑުވުން ފާޅުކުރަމުންދާ 4000 ފްލެޓް ހިމެނޭ ޓަވަރު ތަކެވެ.

4000 ފްލެޓް ލިބޭ މީހުންގެ ދާއިމީމ ލިސްޓް މިދިޔަ ސަރުކާރުން ގެޒެޓް ކުރި ނަމަވެސް މިސަރުކާރުން އަލުން ކޮމިޓީއެއް ހަދާ އަލުން ދަނީ ބަލަމުންނެވެ. އެންމެ ފަހުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާނު ކުރާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.

32 ޓަވަރު އިމާރާތް ކުރަނީ 1-18 ފަންގިފިލާ އަށެވެ. މިއަހަރުގެ ތެރޭގައި ބައެއް އެޕާރޓްމަންޓް ތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ ދީފައެވެ.

Advertisement

ހިޔާ ފްލެޓަށް އެދި 20,000 އަށްވިރެ ގިނަ މީހުން ހުށަހެޅިއެވެ. މިސަރުކާރުން އެކުލަވާލި ކޮމިޓީން އެހުރިހާ ފޯމެއް ދަނީ އަލުން ބަލަމުންނެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement