އައްޑޫން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ނޭޕާލް މީހަކު ގެއްލިގެން ހޯދަނީ
ސީމެކްސް ބޯޓް

އައްޑޫން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ނޭޕާލް މީހަކު ގެއްލިގެން ހޯދަނީ

ރޭ 1:30 ވީއިރު ރާޖު ކުމާރު ބޯޓްގައި ހުރި

1 year ago - 10:54
Dec 17, 2024 - 11:19
Advertisement
Advertisement

އައްޑޫން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ނޭޕާލް މީހަކު ގެއްލިގެން އެމްއެންޑިއެފްއިން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލުނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ސީމެކްސް ބޯޓްގައި މަސައްކަތް ކުރަމުން އައި ފަޅުވެރިއެއްކަމަށްވާ ރާޖް ކުމާރު ކަމަށެވެ. އޭނާ ބޯޓްގައި ނެތްކަން އިނގުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން, ފުވައްމުލައް ސިޓީއާ 8 މޭލް އަށް ކައިރިވިފަހުން ކަމަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރާޖު ކުމާރު ގެއްލުނު ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ ބޯޓް ރޭ 11:30 ގައި އައްޑޫ ސިޓީން ފުރިއިރު ރާޖު ކުމާރު ބޯޓްގައި ހުރި ކަމަށެވެ. އަދި ދަންވަރު 1:15 ހާއިރު އޭނާ ބޯޓްގެ ކެޕްޓަނާ ވާހަކަދެއްކިކަން މިހާތަނަށް ލިބުނު މައުލޫމާތުން އިނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރާޖު ކުމާރު ހޯދުމުގެ މަސައްކަން އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށާއި, އަދި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެއިދާރާއިން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement