އިޒްރާއިލް ސިފައިން ކީރިތި ޤުރުޢާން އަންދާ މައްސަލަ ކުށްވެރިކުރަން ހަމާސްއިން ގޮވާލައިފި
ިއިޒްރާއީލް ސިފައިން ކީރިތު ޤުރުއާނަށް އިހާނެތިކޮށް ހިތަނީ: ފޕޓޯ-އަލްޖަޒީރާ ވީޑިއޯއިން

އިޒްރާއިލް ސިފައިން ކީރިތި ޤުރުޢާން އަންދާ މައްސަލަ ކުށްވެރިކުރަން ހަމާސްއިން ގޮވާލައިފި

މުސްލިމުންގެ މުޤައްދަސް ފޮތާމެދު އިހާނެތިކޮށް ހިތާ ވީޑިއޯ ޢާއްމުކުރީ އަލްޖަޒީރާއިން

24 days ago - 18:52
Aug 26, 2024 - 18:52
Advertisement

ޣައްޒާގެ މިސްކިތްތަކުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދާ, މުސްލިމުންގެ މުޤައްދަސް ފޮތަށް އިހާނެތިކޮށްހިތާ މައްސަލަ ކުށްވެރިކުރުމަށް ހަމާސްއިން އަރަބި ދުނިޔެއަށާއި, އިސްލާމީ ޖަމާޢަތްތަކަށް ގޮވާލައިފިއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ގްރޫޕް, ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ޣައްޒާގެ މިސްކިތްތަކަށް ބޮންއަޅާ, މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ, އަދި މިސްކިތްތަކުގައިވާ ކީރިތި ޤުރުޢާނުގެ މުޞްޙަފްތަކަށް އިހާނެތިކޮށްހިތާ, ކީރިތި اللهގެ ކަލާމްފުޅު އެންދުމަކީ މުސްލިމުންނާމެދު އެބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފްރަތާއި އަނިޔާވެރިކަމުގެ އިންތިހާ ކަމަށެވެ. ދަޢުލަތެއްގެ ގޮތުގައި ފަލަސްތީނާ ގުޅިފައިވާ އިސްލާމްދީނުގެ މާތްކަމާ މެދު އެމީހުންންގެ ޠަބީއަތު ވަނީ އަނިޔާވެރިކަމުން ފުރިފައި ކަމަށް ހަމާސްގެ ބަޔާނުގައި ބުނެފައި ވެއެވެ. 

އަލްޖަޒީރާ އަރަބިކް އިން ވަނީ އިޒްރާއިލް ސިފައިން އިސްލާމް ދީނާމެދު ހިންގާ ހައްދުފަހަނަ އަޅަފައިވާ އަމަލުތަކުގެ ވީޑިއޯ ވެސް އާންމު ކޮށްފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އިޒްރާއިލް ސިފައިން ކީރިތި ޤުރުޢާންގެ ކޮޕީތައް ވީދާ, އަންދަމުން ގެންދެއެވެ. ވި ވީޑިއޯ އަލްޖަޒީރާގެ ކެމެރާތަކަށް ރެކޯޑު ވެފައިވަނީ އުތުރު ޣައްޒާގެ ބަނީ ސާލިޙް މިސްކިތުންނެވެ.

އެ ޗެނަލުން ވަނީ ޙާން ޔޫނުސްގައި ހުންނަ ތާރިޚީ މިސްކިތެއް ކަމަށްވާ ގްރޭންޑް މޮސްކްއަށް އިޒްރާއިލްއިން ޑްރޯން ހަމަލާއެއް ދޭ މަންޒަރުވެސް އާންމުކޮށްފައެވެ. 

Advertisement

ޣައްޒާގެ ސަރުކާރު މީޑިއާއާ ޙަވާލާދީ އަލްޖަޒީރާއިން ބުނީ, އިޒްރާއިލް އިން ޣައްޒާގެ 610 މިސްކިތަކާއި ކްރިސްޓިއަން ދީނުގެ 3 ފައްޅިއެއް 10 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ބިމާ ހަމަކޮށްލާފައި ވާކަމަށެވެ.

ވީޑިއޯތައް އާންމުވުމާ ގުޅިގެން އެމެރިކާގެ އެޑްވޮކަސީ ގްރޫޕް 'ދި ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް" (ސީ.އައި.އޭ.އާރު)އިން ބުނެފައިވަނީ އިޒްރާއިލް ސިފައިން ޣައްޒާގެ މިސްކިތްތަކުގައި ހިންގާ މިނޭއްގާނީ އަމަލުތަކުން ސާބިތުކޮށްދެނީ މި ހަނގުރާމައަކީ ހަމައެކަނި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީން މީހުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި, މިއީ އިސްލާމް ދީނާވެސް ދެކޮޅަށްކުރާ ހަނގުރާމައެއްކަމަށެވެ. 

މި ޖަމާއަތުން ވަނީ އެމެރިކާގެ ރައީސް ޖޯއި ބައިޑެން އަށް އިޒްރާއިލް ސިފައިންގެ ޢަމަލުތައް ކުށްވެރިކުރުމަށް ގޮވާލާފައެވެ.

"ބައިޑެންގެ ސަރުކާރުން އިޒްރާއިލް ސިފައިން އިސްލާމްދީނަށް އިހާނެތިކޮށްހިތާ ހިތުން ކުށްވެރި ކުރަންޖެހޭ. ހަމައެއާއެކު, އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށްދިނުމާއި އެމީހުންނަށް ވާގިވެރިވުން ހުއްޓާލަންޖެހޭ. އަދި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ހިންގަމުންގެންދާ ޤަތުލްޢާންމު ހުއްޓާލަން އެމެރިކާއިން ބާރުއަޅާންޖެހޭ" ސީ.އައި.އޭ.އާރު ގެ އެގްޒެކެޓިވް ޑިރެކްޓާރ ނިހާދު އަވަދް ނެރުއްވާފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

މިސްކިތްތަށް ބިމާ ހަމަކޮށްލާފައިވާ ޣައްޒާގައި މީހުން ނަމާދުކުރަނީ ފުނޑުފުނޑުކޮށްލާފައިވާ މިސްކިތަކުގެ ކައިރީގަ އާއި ރެފިއުޖީ ކޭމްޕް ސަރަޙައްދު ތަކުގައެވެ. ފާއިތުވި މަހުވެސް ޣައްޒާގެ ސްކޫލެއްގައި ބޯހިޔާވަކަން ހޯދައިގެންތިބި އެތައްސަތޭކަ ބަޔަކު ޖަމާޢަތުގައި ފަތިސްނަމާދު ކުރަންތިއްބާ އިޒްރާއިލް އިން އެތަނަށް ބޮންއަޅާ 100 އަށް ވުރެ ގިނަ މީހުން މަރާލިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement