އަނެއްކާވެސް 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އެމީހުން ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބަދިގެ

އަނެއްކާވެސް 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ނުތާހިރު ބަދިގެއެއްގައި ކާބޯތަކެތި ތައްޔާރުކުރި ބައެއް

24 days ago - 14:28
Advertisement

ގަވާއިދާ ހިލާފަށް އުޅެ, ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އަނެއްކާވެސް 15 ބިދޭސީން އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ 15 މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު 15 ބިދޭސީން އަތުލައިގަތީ މާލެ, ހ.ބިއަންކާ ގެއިންނެވެ. އެގޭގައި ނުތާހިރުކޮށް ކާބާތަކެތި ތައްޔާރުކޮށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އެހެން އިދާރާތަކުން ބައިވެރިވި ކަމަށެވެ. އަދި އެގޭގައި ތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާކަމަށް ބުންޏެވެ. އިމިގްރޭޝަނުން އިސްވެ, ފުލުހުންނާއި އެހެން މުއައްސަސާތަކާވެސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށްވެސް ވަނީ އަތުގައިގަނެފައެވެ. އަދި ގިނަބަޔަކު ވަނީ ޑީޕޯޓް ކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement