ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއަރޕަސަން އަކަށް ސިންގަޕޫރު ރައްޔިތެއް ހަމަޖައްސައިފި
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އަދި ޗެއަރޕަސަންއާ ރައީސް ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއަރޕަސަން އަކަށް ސިންގަޕޫރު ރައްޔިތެއް ހަމަޖައްސައިފި

ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި އުފެއްދެވީ އަލަށް

24 days ago - 13:17
Advertisement

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއަރޕަސަން އަކަށް ސިންގަޕޫރު ރައްޔިތެއް ހަމަޖައްސައިފި އެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯއަކަށް ހަމަޖެއްސީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއަރޕަސަން އަކަށް އައްޔަންކުރީ ސިންގަޕޫރުގެ އަރުނީ ގުނެތިލަކަ އެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ތަޖުރިބާ ލިބިފައިވާ ދެބޭފުޅުނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެދެބޭފުޅުންގެ ތެރެއިން ގުނެތިލަކަ އަކީ 25 އަހަރު ފައިނޭންޝަލް ސެކްޓަރުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.  އޭނާއެންމެ ހުންނެވީ މަަސައްކަތްކުރެއްވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކްގައެވެ. އެބޭންކްގައި އޭނާ ހުންނެވީ ޗެއާޕާސަންގެ މަގާމުގައެވެ.  2016 އިން 2021 ގެ ނިޔަލަށް އޭނާ ވަނީ ލަންކާގެ ޕީޕަލްސް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކްގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ސީއީއަކަށް ހަމަޖެއްސެވި ނޮއެލް އެންމެ ފަހުން ހުންނެވީ މަސައްކަތްކުރެއްވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގަ އެވެ.  2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވީވެސް އޭނާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އާ ދާއިރާއަކުން ކުރިއަށް ދިއުމަށްޓަކައި އެއީ މުހިއްމު ބޭންކެއް ކަމަށް ވިދާޅުވިއެވެ. ސީއީއޯއަކަސާއި, ޗެއަރޕަސަން އަކަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅުންކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement