މެދު ރާއްޖެތެރެއަށް މިރޭ ބޯކޮށްވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އޮރެންޖު ސަމާލު ނެރެފި
އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ

މެދު ރާއްޖެތެރެއަށް މިރޭ ބޯކޮށްވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އޮރެންޖު ސަމާލު ނެރެފި

2 months ago - 22:30
Mar 1, 2025 - 22:32
Advertisement
Advertisement

މެދު ރާއްޖެތެރެއަށް މިރޭ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް، މިރޭ 9:45 އިން ފެށިގެން މެންދަމު 2:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށާއި، އަދި ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަވާނެކަމަށެވެ.

މީގެ އިތުރުން، ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.

Advertisement
Advertisement

އިއްޔެއިން ފެށިގެން މާލެ ސަރަހައްދަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ، އެމްއެންޑީއެފުން ވަނީ ތިން ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް ފަށާފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ވިދާޅުވެފައިވެއެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހާއި ހިސާބުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement