ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް އެސްޓޯނިއާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ވަޑައިގަތުމުން އެޤައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާރަސްމީ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެސްޓޯނިއާ އިން މަރުޙަބާ ދެންނެވީ އެޤައުމުގެ ރައީސް, ޑޮކްޓަރ އެލަރ ކަރިސް އެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މަރުޙަބާ ދެންނެވުމަށް އޮތް ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ކަޑްރިއޯޖްގައި ހުންނަ ރިޔާސީ ގަޑުވަރުގައެވެ.
ރަސްމިއްޔާތުގައި އެސްޓޯނިއާގެ ސިފައިން ވަނީ ދެގައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ.. އަދި ސިފައިން ވަނީ ދެ ބޭފުޅުންގެ ޝަރަފުގައި ގާޑް އޮފް އޮނަރ އެއްވެސް ދެ ޤައުމުގެ ރައީސުންނަށް އަރުވާފައެވެ.
ރަސްމިއްޔާތުގައި ޑރ. މުޙައްމަދު މުއިއްޒުއަށް ވަނީ އެސްޓޯނިއާގެ ފަރާތުން ބައިވެރިވި މަތީ ފެންވަރުގެ ބޭފުޅުންގެ ތަޢާރަފެއް އަރުވާފައެވެ. އޭގެ ފަހުން އެސްޓޯނިއާގެ ރައީސަށް ދިވެހިރާއްޖޭގެ ވަފުދުގެ ތަޢާރަފެއްވެސް އަރުވާފައި ވެއެވެ. ރަސްމިއްޔާތުގައި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯއެއް ވަނީ ނަންގަވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގަނޑުވަރުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޑރ. މުޙައްމަދު މުއިއްޒު އެސްޓޯނިއާ އަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި ޚާރިޖީގޮތުން ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ, ސައިބަރ ސެކިއުރިޓީ, އީ-ގަވަރނަންސް, މޫސުމީ މައްސަލަތަކާއި ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމުގެ ގޮތުން މުޙިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް