
އެސްޓީއޯއިން ލޮނުމެދުވެސް ބާޒާރަށް ނެރެފި، ކިލޯއެއް 45 ރުފިޔާއަށް
ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އަސާސީ ކާބޯތަކެތި އެތެރެކޮށް، އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ތާޒާ ލޮނުމެދު މިއަދު ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯއިން ބުނީ މިވަގުތު ލޮނުމެދު ވިއްކަމުންދާނީ ހަމައެކަނި ރިޓެއިލްސްކޮށް، އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން އެކަނި ކަމަށެވެ. އެސްޓީއޯއިން 45 ރުފިޔާއަށް ލޮނުމެދު ކިލޯއެއް ވިއްކާއިރު, ބާޒާރުމަތީގައި މިފަހުން ލޮނުމެދު ކިލޯއެއް ހުރީ 90 ރުފިޔާގައެވެ.
މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން މިހާތަނަށް އެސްޓީއޯއިން ރާއްޖެ އެތެރެކުރި ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެކުންފުނިން ބުނީ މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފިޔާ، އަލުވި، އަދި ބިސް މިހާރު ވިއްކާއަގުތައް:
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
- ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ
- އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރިފިޔާއަށް
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް މިހާރު ތައްޔާރު ވެފައިވާ ކަމަށްވެސް ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ
- އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް
- ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ
ރިއެކްޝަންސް






