3000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

3000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

3000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ލަންކާ ކުންފުންޏަކާ އެފްޑީސީން ހަވާލުކޮށްފި

8 months ago - 21:30
Jan 5, 2024 - 08:08

ޖޮއިންޓް ވެންޗަރ އުސޫލުން 3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީން ސްރީ ލަންކާ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން މައުލޫމަތު ދިންގޮތުގައި މިމަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މިއަދު ސޮއިކުރި މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑް ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސޭންނެވެ. 

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި ޢިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާރއިންކަމަށް އެފްޑީސީއިން ވިދާޅުވިއެވެ. 

Advertisement

މިމަޝްރޫއު ކުރިއަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެ ކުންފުންޏާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow