އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

ސުޕްރީމް ކޯޓުން ނެރުނު ހައްޔަރުގެ ވަގުތީ އަމުރާއެކު އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައިފި

8 months ago - 21:56
Jan 5, 2024 - 07:57
Advertisement

މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. 

ސީލައިފް ގްލޯބަލްގެ ވެރިޔާ އަޙްމަދު މޫސާ ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަން މައްސަލައިގެ އިސްތިއުނާފުން ވަކި ގޮތެއް ނިމެންދެން އޭނާ ފުރުން މަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު އަނބުރާ ނުދިނުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވެއެވެ.

ހުޅުމާލޭގައި ފްޕެޓް އަޅައިދޭނެކަމަށް ބުނެ އޭނާގެ ސީ.ލައިފް ކުންފުނިން ފައިސާ ނަގާފައިވާ މައްސަލައިގައި ހިޔާނާތުގެ ހިޔާނާތުގެ އެތައް ދައުވާއެއް އައްމަޓީގެ މައްޗަށް ކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ދިއުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ފުރުމުގެ ހުއްދަ ދީފައެވެ. 

Advertisement

ޕީޖީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. 

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ވަނީ އެކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަވަންދެން އަޙްމަދު މޫސާ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޙުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޢަލީ ރަޝީދެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement