
ވިއްސާރަވެ މޫސުން ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުން ގޯސްވެފައިވުމުން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ފުލުހުން ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. މެޓް އޮފީހުން މިއަދު ހެނދުނު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ނެރުނު ހުދު ސަމާލު ވަނީ މިރޭ 7:45 އާ ހަމައަށް ދަންމާލާފައެވެ.
މިކަމާއި ގުޅިގެން ސޯސަލްމީޑިއާ އެކްސް މެދުވެރިކޮށް ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ސޭފްޓީއަށް ޖަހާފައިހުންނަ ފެންސް ވަޔާ ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ފުލުހުން ވަނީ ވަކިން ހާއްސަކޮށް އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވުމާއިއެކު ކަމާއިގުޅުން ހުރި މުއައްސަސާތަކުން ކެނޑިނޭޅި ގެރްދަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.
ރިއެކްޝަންސް






