އަލަށް ދަސްވެނިވި 31 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑަލްއާއި އިނާމު ދެއްވައިފި

އަލަށް ދަސްވެނިވި 31 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑަލްއާއި އިނާމު ދެއްވައިފި

4 hours ago - 00:21
Mar 2, 2026 - 00:22
Advertisement
Advertisement

ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި އައު ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލްއާއި އިނާމު ދެއްވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.


މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޝަރުޠުތައް ފުރިހަމަކުރި 31 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަނަދާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ 19 އަންހެން ޙާފިޡުންނާއި 12 ފިރިހެން ޙާފިޡުންނެވެ. އުމުރުގެ ގޮތުން ބަލާއިރު، 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޡުން މި އަހަރު ދަސްވެނިވެފައިވެއެވެ.


މީގެ އިތުރުން، 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާ އިތުރު 18 ޙާފިޡުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި ދަސްވެނިވި އަހަރު ކަމަށެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި، 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ރާއްޖޭގައި ތިބީ ޖުމްލަ 301 ޙާފިޡުންނެވެ. އެއީ 139 އަންހެން ޙާފިޡުންނާއި 162 ފިރިހެން ޙާފިޡުންނެވެ.

Advertisement
Advertisement


ސަރުކާރުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ޤައުމަށް ހެދުމަކީ ރައީސް މުޢިއްޒުގެ ދުރުރާސްތާ އަމާޒެއް ކަމަށެވެ. މި މަޤްޞަދުގައި 2025 ވަނަ އަހަރު އެކަނިވެސް ޤުރުއާނުގެ ޢިލްމު ފެތުރުމަށް 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، 2026 ވަނަ އަހަރުގެ ތެރޭގައި 50 ގޮފި ޤާއިމުކުރާނެ ކަމަށާއި، މި އަހަރުގެ މިހާތަނަށް 6 ގޮތްޕެއް ރަޖިސްޓަރީ ކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގައި ދީނީ ޢިލްމާއި ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަވެގެންދިޔަ މުހިންމު ހަރަކާތެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement