ރައީސް ނޫސްވެރިނާއި މާދަމާ ބައްދަލުކުރައްވަނީ

ރައީސް ނޫސްވެރިނާއި މާދަމާ ބައްދަލުކުރައްވަނީ

3 hours ago - 00:38
Mar 2, 2026 - 00:39

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ  ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވަވާ ޚާއްސަ ބައްދަލުވުމެކެވެ. 


މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.


މި ނިންމެވުމަކީ ސަރުކާރުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދިއުމަށާއި، ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތައް ނޫސްވެރިން މެދުވެރިކޮށް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ހާމަކޮށްދޭ ކަމެކެވެ. ރައީސްގެ ބައްދަލުވުންތަކުގެ އިތުރުން، ސަރުކާރުގެ ވަޒީރުން ބާއްވަވާ ޕްރެސް ކޮންފަރެންސްތައްވެސް މިއަދު ވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow