ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

2 months ago - 09:08
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.


ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް އައި ފަސިންޖަރެއްގެ އަތުންނެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2240 ގްރާމް (2.2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.


އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން އަންދާޒާ ކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 2.2 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement