ޤާނޫނާއި ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރު ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި
ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަމުން ދިޔަ ތަނެއް ބަންދުކުރަނީ: ފޮޓޯ- ދިވެހި ފުލުހުންގެ ޚިދުމަތް

ޤާނޫނާއި ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރު ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި

7 days ago - 18:50
Sep 11, 2024 - 18:52
Advertisement

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ ދެތަނެއް ހުއްޓުވީ މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން  މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. 

ފުލުހުން ބުނީ ފުރަތަމަ އޮޕަރޭޝަންގައި މިމަހުގެ 3 ވަނަ ދުވަހު ހުއްޓުވީ “ޓްރާންސްފަރ މޯލްޑިވްސް” ނަމަކަށް ކިޔާ ތަނެއް ކަމަށެވެ. ހުއްދަ ނުހޯދާ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައެވެ.

 މިއަދު ކުރިއަށް ގެންދިޔަ  އޮޕަރޭޝަނުގައި ބަންދުކުރީ ސޮވެނިއަރ ވިޔަފާރިކުރާ ތަނެއް ކަމަށް ފުލުހުން ބުންޏެވެ. އެއީ ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރައެވެ. ފުލުހުން ބުނީ އެތަން ބަލާފާސް ކުރީ އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިގެން ކަމަށެވެ. ފުލުހުން ބުނީ އެތަން ބެލިބެލުމުން އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން  ބާތިލުކޮށްފައިވާ ކަމަށެވެ.

Advertisement

މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދިން ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement