މެމްބަރުންނަށް ރައީސްގެ ފަރާތްޕުޅުން  ފައިސާ ދޭވާހަކަ އަނެއްކާވެސް ދޮގުކޮށްފި

މެމްބަރުންނަށް ރައީސްގެ ފަރާތްޕުޅުން ފައިސާ ދޭވާހަކަ އަނެއްކާވެސް ދޮގުކޮށްފި

7 days ago - 18:38
Sep 16, 2024 - 00:48

މެމްބަރުންނަށް ރައީސްގެ ފަރާތްޕުޅުން  ފައިސާ ދޭވާހަކަ އަނެއްކާވެސް ދޮގުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ. އަދަދު ނޫހުން ދޮގު ޚަބަރު ފެތުރުމުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

‏"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ." ހީނާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށްވެސް ތަރުޖަމާނު ވަނީ  އިލްތިމާސްކުރައްވާފައެވެ.

އަދަދު ނޫހުން ވަނީ ރައީސްގެ ގެކޮޅަށް މެމްބަރަކު ވަޑައިގެން ކަޅުދަބަހެއް ހިފައިގެން އެނބުރި ޕީއެންސީ އޮފީހަށް ވަންނަވާ މަންޒަރު ހިމެނޭ ވީޑިއޯ ރިޕޯރޓެއްވެސް އާއްމުކޮށްފައެވެ. އޭގެފަހުން ޕީއެންސީ އޮފީހަށް އެޕާރޓީގެ ބައެއް މަޖިލިސް މެމްބަރުން ވަދެނިކުމެ ވަޑައިގަންނަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow