މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮންނަ ހަނި ގޯޅީގައި ހުންނަ މ. ދޫގަސްވިލާ ގައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މ. ދޫގަސްވިލާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ސާފުވާގޮތެއް ނުވެއެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





