ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވަނީ ފީޑަރެއް ޓްރިޕް ވުމުން- ސްޓެލްކޯ
ސްތެލްކޯއިން ދަނީ ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވަނީ ފީޑަރެއް ޓްރިޕް ވުމުން- ސްޓެލްކޯ

ބޮޑު ބަޔަކަށް އަލުން ކަރަންޓް ދެވިއްޖެ

1 year ago - 00:21
Jan 19, 2025 - 00:21
Advertisement
Advertisement

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނީ މިރޭ 11 ޖަހަން އުޅެނިކޮށެވެ. ސްޓެލްކޯއިން ބުނީ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދެވިފައިވާ ކަމަށެވެ. އަދި  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި،  ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް މިހާރު  އަލުން ކަރަންޓު ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެޏެވެ.

ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސްޓެލްކޯގެ މުވައްޒަފުން ކުރަމުން ދާކަމަށް އެކުންފުނިން ބުންޏެވެ.

" ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން " ސްޓެލްކޯއިން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement