އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަން ބިދޭސީންނަށް ފުރުޞަތެއް ނުދޭނަން- ކޮންޓްރޯލަރ
އިމިގްރޭޝަން ކޮންޓްރޯލަރ އާއި ޑެޕިއުޓީ ކޮންޓްރޯލަރ

އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަން ބިދޭސީންނަށް ފުރުޞަތެއް ނުދޭނަން- ކޮންޓްރޯލަރ

މާރާމާރީ ހިންގި ތިން ބިދޭސީއަކު ޑީޕޯރޓްކުރަން ވަނީ ނިންމާފަ

1 year ago - 00:31
Jan 19, 2025 - 00:31
Advertisement
Advertisement

އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަން ބިދޭސީންނަށް ފުރުޞަތު ނުދެއްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. އިމިގްރޭޝަން ކޮންޓްރޯލަރ މިފަދައިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ޑީޕޯރޓް ކޮށްލަން ނިންމިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ތިން ބިދޭސީއަކު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

" މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އާންމު  މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް  އަޅުގަނޑުމެން  ނުދޭނަން" ކޮންޓްރޯލަރ ވިދާޅުވިއެވެ.

ބިދޭސީންގެ މެދުގައި ހިންގި އެމާރާމާރީ ވީޑިއޯކުރި ދިވެއްސަކަށްވެސް އެމީހުން މާރާމާރީ ހިންގިއެވެ. ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައްވެސް ވަނީ އިތުރުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement