
ފްލެޓަކަށް ވަދެ ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓަކަށް ވަދެ ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފިއެވެ. ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރީ ސ.މަރަދޫ ފިޔާތޮށިގެ, މުޙައްމަދު ލުބާން ގައްހާރު (26އ) ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާގެ ރިޕޯރޓް ލިބުނީ މިދިޔަ ހޯމަ ދުވަހުގެރޭ 22:54 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުން ވަނީ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






