
ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއެކު ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުން ކެންސަލް
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލަވުމުގައި ސަސްޕެންޑު ކުރެއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އަޑުއެހުން ކެންސަލްވި ކަމަށް އިދާރީ މޭޒުން އަންގާފައިވާ ކަމަށާއި، ނަމަވެސް އަޑުއެހުން ކެންސަލްކުރި ސަބަބެއް އަންގާފައި ނުވާކަމަށެވެ.
މި އަޑުއެހުން ކެންސަލުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ފާސްކޮށްފައި ވަނިކޮށެވެ.
ރިއެކްޝަންސް






