ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ހުއްޓުމެއް ނެތް- ރައީސް ޑރ.މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ހުއްޓުމެއް ނެތް- ރައީސް ޑރ.މުއިއްޒު

1 year ago - 12:13
Feb 26, 2025 - 12:14
Advertisement
Advertisement

ލާމަރުކަޒީ ނިޒާމަށް ބާރުވެރިކަން ދިނުމަށް ކުރައްވާ މަސައްކަތްތަކަށްހުއްޓުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް, ކައުންސިލްތަކުގެ އަޑު ސީދާ އަހާ, ރައްޔިތުންނާ ގާތުން ބައްދަލުވެ, ހާލަތު ލޮލުން ދެކި, ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ. ހުއްޓުމެއް ނެތި އެމަސައްކަތް ދާނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ އަޑު ސީދާ އެއްސެވުމަށް ސިލްސިލާކޮށް ރަށްރަށަށް ދަތުރުކުރައްވަމުނެވެ. އަދި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ވައުދުތައް ފުއްދެވުމުގައި ސީދާ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement