
އައްޑޫ ސިޓީ ބްރިޖްގައި މިއަދު ހިނގި އެކްސިޑެނެޓެއްގައި ޒުވާނަކު މަރުވެއްޖެ
އައްޑޫ ސިޓީ ބްރިޖްގައި މިއަދު ހިނގި އެކްސިޑެނެޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.
މިއެކްސިޑެންޓްގައި ނިޔާވީ ގ.ލައިޓް ޑްރީމް, މާލެ ލީވާން އަބްދުއްސައްތާރު (24އ) އެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެކްސިޑެންޓް ހިނގީ މަރަދޫ އިން ހިތަދޫ ކޮޅަށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް, ބްރިޖްގެ ބެންޑް ހިސާބުން ސައިކަލް ކޮންޓްރޯލްނުވެ ބްރިޖްގެ ފެންސްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:49 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






