
ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްފެންޑްކޮށްފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސައަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފިއެވެ. ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު ޑރ.އެސްމެރަލްދާ ޒާހިރު, ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު ޢަލީ އެވެ.
ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ ޖޭއެސްސީން މިހާރުކުރިއަށްދާ ބައްދަލުވުމުގައި ކޮމިޝަންގެ ޤާނުނޫގެ 25 ވަނަ މާއްދާގެ (ޏ)ގެ ދަށުން ކަމުގައި ކޮމިޝަނުގެ ނިންމުމުގައި ބަޔާންކޮށްފައި ވެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ ކޮމިޝަނުގެ ނިންމުން މިނިންމުމުގައި އޭސީސީން ބަލާ މައްސަލައިގެ ތަފްޞީލަށް ރިއާޔަތްކޮށްފައިވާނެ ކަމުގައެވެ.
ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި މިވަނީ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހް ބާތިލްކުރަން ހުށަހަޅާފައިއޮތް މައްސަލަގެ އަޑުއެހުމެއް މިއަދުގެ 11:00 އަށް އެކޯޓުގައި ތާވަލްކޮށްފައި އޮށްވައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ޤާނޫނަށް ގެނައި ބަދަލާއި, ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުމާއެކު މިވަގުތު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ދެން ކުރިއަކަށް ނުގެންދެވޭނެއެވެ.
ރިއެކްޝަންސް






