އިސްރާއީލާ ދެކޮޅަށް ކޯޓުން ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލާ ދެކޮޅަށް ކޯޓުން ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލާ ދެކޮޅަށް ކޯޓުން ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާ ވިދާޅުވެއްޖެ

8 months ago - 06:40
Jan 28, 2024 - 09:53
Advertisement

އިސްރާއީލުން ސީދާ ގަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓުވައި، އަދަބު ދިނުމަށް ގޮވާލާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކުރި އަމުރުތަކަށް ރާއްޖެއިން މަރުހަބާ ވިދާޅުވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ން ކުރި އަމުރަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައިސީޖޭގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި، ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށް، ޙިމާޔަތްކުރުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ފުރާނައެއްގެވެސް އަގެއް އޮންނަކަމަށާއި، އެހިމާޔަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ބޮންއެޅުމާއި، ބިންތައް ފޭރުމާއި، ހަނގުރާމައިގެ މައިދާނެއްގައި އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމު ނުކުރެވޭނެކަމަށެވެެ.

Advertisement

ރައީސް ވިދާޅުވީ، ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމު ކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ފުރުސަތު ލިބެންވާނެކަމަށެވެ. އަދި ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދުވެސް އެ ގައުމާ އެއްކޮޅަށް ވަކާލާތުކުރެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި މިހާތަނަށް ޣައްޒާއިން 25،900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި 60،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމް ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement