ރައީސްގެ އަމާޒު: 20 ވަނަ މަޖިލީހުގެ ސުޕާ މެޖޯރިޓީއަށް

ރައީސްގެ އަމާޒު: 20 ވަނަ މަޖިލީހުގެ ސުޕާ މެޖޯރިޓީއަށް

މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނެ ކަމަށް ރައިސް ވިދާޅުވެއްޖެ

7 months ago - 08:10
Jan 28, 2024 - 09:42

މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދައި، މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ހެންވޭރު ދަނޑުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުންމީދަކީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް މަޖިލިސް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބުން ކަމަށެވެ.

"މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނަން، 62 ގޮނޑި ނަގާނަން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ހަފްތާ 14 ގައި ކަނޑައަޅާފައިވާ ހުރިހާ ކަމެއް ތަރުތީބުކޮށް ދަނީ ކުރިއަށް" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕާޓީ އާއި ގައުމުގެ މަސްލަހަތު އިސްކޮށް ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންނާ އެކު ތިބޭނެ ކަމަށް ގަބޫލު ކަމަށް ރައީސް ވިދާޅުވި އެވެ.

ބައެއް ފޮށިތަކުގައި ހަމަނުޖެހުން ހިނގި ނަމަވެސް، އެކަންކަން މިހާރު ހަމަޖެހި އަމާންކަމާ އެކު ވޯޓުލުން ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ޖުމްލަ ގޮތެއްގައި ޕްރައިމަރީ އަމާންކަމާއެކު ކުރިއަށްދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow