އިއްބެގެ މާލޭ ސިޓީ ޖަގަހަ މިރޭ ރައީސް މުއިއްޒު ހުޅުއްވަނީ

އިއްބެގެ މާލޭ ސިޓީ ޖަގަހަ މިރޭ ރައީސް މުއިއްޒު ހުޅުއްވަނީ

ޖަގަހަ ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

4 months ago - 20:18
Mar 26, 2024 - 20:23

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީ.އެން.ސީގެ ކެނޑިޑޭޓް އިބްރާހީމް ޙުސައިން، އިއްބެގެ މާލޭ ސިޓީ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވާނެ ކަމަށް އިއްބެ ވިދާޅުވެއްޖެއެވެ.

އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްބެ ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރު އުތުރުން ހުންނަ އެންމެންގެ އިއްބެ ސެންޓްރަލް ޖަގަހަ ހުޅުއްވުމަށް ބާއްވާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 11 ޖަހާއިރު ކަމަށެވެ.

އިއްބެ ވިދާޅުވީ ޕީ.އެން.ސީއަށް ފުވައްމުލަކު ދެކުނުދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާ ކުރުމަށް ކުރަމުން އަންނަ ކެމްޕެއިން މާލޭ ސަރަހައްދުގައި އިތުރު ގިއަރަކަށް ޖައްސާލުމުގެ ގޮތުން ހުޅުވާ ޖަގަހައެއް ކަމަށެވެ.

ޖަގަހަ ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ ކަމަށް އިއްބެގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

އިއްބެ ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް ޖަގަހަ އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ވީހާވެސް ގިނަރައްޔިތުން ބައިވެރިވުމަށް އިއްބެގެ ކެމްޕެއިން ޓީމުން އެދިފައިވޭ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow