ރަޙްމްކުޑަކޮށް ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިންގެ ޖަނާޒާ ޣައްޒާގައި ބާއްވައިފި
ޝަހީދުވި އަނަސް އަލް-ޝާރިފް ސަންދޯއް މަތީގައި ޕްރެސް ޖެކެޓް އަދި ފަލަޞްޠީނުގެ ދިދ ބާއްވާފައި ފޮޓޯ: ރޮއިޓާސް

ރަޙްމްކުޑަކޮށް ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިންގެ ޖަނާޒާ ޣައްޒާގައި ބާއްވައިފި

އިޒްރާއިލްއިން 7 ނޫސްވެރިން ޝަހީދުކޮށްލީ އަލް-ޝިފާ ހޮސްޕިޓަލްގެ ބޭރު ޓެންޓަކަށް ހަމަލާދީފައި

2 months ago - 22:30
Aug 11, 2025 - 22:58

އަލް ޖަޒީރާ އެރެބިކްގައި މަސައްކަތްކުރާ މަޝްހޫރު އަދި ހިތްވަރުގަދަ ނޫސްވެރިޔާ އަނަސް އަލް-ޝާރިފް އާއެކު އިޒްރާއިލްއިން ޝަހީދުކޮށްލި އިތުރު ހަތަރު ނޫސްވެރިންގެ ޖަނާޒާ ޣައްޒާގައި މިއަދު ބާއްވައިފިއެވެ. ޖަނާޒާގައި ޣައްޒާގެ އެތައްސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ފަސް ނޫސްވެރިން އެއްފަހަރާ ޝަހީދުވީ އަލް-ޝިފާ ހޮސްޕިޓަލް ބޭރުގައި ނޫސްވެރިންނަށް ހާއްސަ ޓެންޓުގައި އެމީހުން ތިއްބާ އެތަނަށް އަމާޒުކޮށް އިޒްރާއިލްއިން ދިން ވައިގެ ހަމަލާއެއްގައެވެ. 

މިއަދު ޖަނާޒާގައި އަލް-ޝިފާ ހޮސްޕިޓަލްއިން ފެށިގެން ޣައްޒާ ސިޓީގެ ޝެއިޙް ރަދްވާން ގަބުރުސްތާނަށް ނޫށްވެރިންގެ ހަށިތައް ގެންދިޔައިރު އެތައްބަޔަކު ވަނީ ހަށިތަކާއެކު ދަތުރުކޮށްފައެވެެ.

އިއްޔެ ދިން ހަމަލާގައި ޖުމްލަ ހަތް މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ މުހައްމަދު ގްރެއިިގާ ގެ އިތުރުން ކެމެރާ އޮޕަރޭޓްކުރާ އިބްރާހިމް ޒާހިރް, މޫމިން އަލީވާ, އަދި މުޙައްމަދު ނައުފަލްވެސް ހިމެނެއެވެ. މީގެ އިތުރުން ފްރީލާންސް ރިޕޯޓަރެއްކަމަށްވާ މުޙައްމަދު އަލް-ޚަލްދީ ވެސް ހިމެނެއެވެ.

Advertisement
Advertisement

ރިޕޯޓާސް ވިތައުޓް ބޯޑަރސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާގައި އިތުރު ތިން ނޫސްވެރިއަކުވެސް ވަނީ ވަރަށް ބޮަޑަށް ޒަހަމްވެފައެވެެ.

އަލް ޖަޒީރާގެ ގިނަ ނޫސްވެރިންތަކެެއް އެއްފަހަރާ މަރާލުމާ ގުޅިގެން އެ މީޑިއާގެ ފަރާތުންވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެއީ އިޒްރާއިލްގެ އަސްކަރިއްޔާއިން އިން ނޫސްވެރިންނަށް އަމާޒުކޮށް "ގަސްތުގައިި" ދީފައިވާހަމަލާއެއް ކަމަށްވެސް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އަދި އެހަމަލާ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ދުޝްމަނީ ހަމަލާއެއްކަމަށްވެސް ވަނީ ބުނެފައެވެ.

"ޝާރިފް އަކީ ޣައްޒާގައި ހުރި އަހަރެމެންގެ އެންމެ ހިތްވަރުގަދަ އެއް ނޫސްވެރިޔާ. އިޒްރާއިލްގެ އެހަމަލާއަކީ ޣައްޒާގެ އަޅުވެތިކަމާ ދެކޮޅަށް ވަކާލާތުކުރާ ވަރުގަދަ އަދި އެހާމެ ޖެހިލުންކުޑަ އަޑެއް މަޑުކޮށްލަން ހިންގި ފިނޑި އަމަލެއް" އަލްޖަޒީރާއިން ބުނެފައިވެއެވެެ.

އިޒްރާއިލްިއން ވަނީ ޣައްޒާގައި ނޫސްވެރިންތަކެއް މަރާލިކަމަށް އިއުތިރާފް ވެފައެވެ. އަދި ޝާރިފް އަކީ ޣައްޒާގައި ހަމާސްގެ ސެލްއެއް އޮޕްރޭޓްކުރާ އިސްމީހެއް ކަމަށްވެސް އިޒްރާއިލްއިން ވަނީ ތުހުމަތުކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow