
ތުޅާދޫ އެއަޕޯރޓް އަޅަން ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކަން އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފިއެވެ.
ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ މިއަދުއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
ބިންހިއްކުމުގެ މަޝްރޫޢުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުންވެސް ހިމެނެއެވެ. ތުޅާދޫ އެއަޕޯރޓްގެ ވައުދަކީ އެންމެ ފުރަތަމަ މިދިޔަ ސަރުކާރުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެވައުދާއެކު އެރަށުގެ ބިންހިއްކުން އަމިއްލަ ކުންފުންޏަކަށް ހަވާލުކުރި ނަމަވެސް އެމަސައްކަތް ކުރިއަށް ނުދިޔައެވެ. ރައީސް ޑރ.މުޙައްމަދު މުއިއްޒު ވަނީ ތުޅާދޫ އެއަޕޮރޓްގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ތުޅާދޫ ބިންހިއްކުން އެމްޓީސީއާ ހަވާލުކުރިއިރު ރައީސް ޑރ.މުއިއްޒު މިއަވުތު ގެންދަވަނީ ބ.އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.
ރިއެކްޝަންސް






