ކުޑަރިކިލު އޭޓީއެމްގެ ޚިދުމަތް ފަށާ, ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިމާރާތުގެ ބިންގާ އަޅައިފި
ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބިންގާ އަޅަނީ: ފޮޓޯ-ރައީސް އޮފީސް

ކުޑަރިކިލު އޭޓީއެމްގެ ޚިދުމަތް ފަށާ, ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިމާރާތުގެ ބިންގާ އަޅައިފި

8 months ago - 15:45
Aug 11, 2025 - 15:46
Advertisement
Advertisement

ބ.ކުޑަރިކިލު އޭޓީއެމްގެ ޚިދުމަތް ފަށާ, ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އޭޓީއެމްގެ ޚިދުމަތް ކުޑަރިކިލުގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ. ކުޑަރިކިލު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިތުރު ކުރާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުالله ނާޒިމް އިބްރާހީމް އެވެ.

ކުޑަރިކިލު ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށް ނިމޭއިރު ޒަމާނީ ފެންވަރުގެ ލެބޯޓްރީ އަކާއި, ޖާގަ ތަނަވަސް ވޯޑަކާއި, ޕްރައިވެޓް ވޯޑެއްގެ އިތުރުން, މެޑިކަލް ސްޓޯރާއި, އެމްބިއުލަންސް ގަރާޖް ހިމެނޭނެއެވެ.

ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. 7 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

މީގެއިތުރުންވެސް ކުޑަރިކުލުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި, ނުނިމިވާ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިދެއްވާނެ ކަމުގެ ޔަގީން ކަމާއި, މަގުތައް ހަދައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement