
ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. އެރަށުގައި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް މިސަރުކާރުން ވަނީ މަސައްކަތް ފަށާ, ގިނަ ރަށްތަކެއްގައި ޚިދުމަތްދޭންވެސް ފަށާފައެވެ. ކަމަދޫ އަކީ އޭޓީއެމްގެ ޚިދުމަތް ފެށި 38 ވަނަ ރަށެވެ. އޭގެ ތެރޭގައި ހަ އަތޮޅެއްގެ ހުރިހާ ރަށްތަކެއް ހިމެނެއެވެ. ހުރިހާ ރަށެއްގައި ޚިދުމަތް ފެށި އަތޮޅުތަކަކީ ހއ,ށ,ނ,މ, އަދި ކ.އަތޮޅެވެ.
އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ނިޔަލަށް 250 އަށް ވުރެ ގިނަ އޭޓީއެމްއިން ޚިދުމަތް ދޭން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އަމާޒު ހިފާފައެވެ.
ރިއެކްޝަންސް






