ހައްޖު ކޯޕަރޭޝަނަށް 2 ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފި
ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އަލީ ޝަރީފާއި މުހައްމަދު ޝިހާބު
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އަލީ ޝަރީފާއި މުހައްމަދު ޝިހާބެވެ.
ދެ ބޭފުޅުންގެ ތެރެއިން ޝިހާބަކީ މި ސަރުކާރާ އެކީގައި މަސައްކަތް ކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލެވެ.
ހައްޖު ކޯޕަރޭޝަނަކީ މިހާރު ދިވެހިން ހައްޖާއި އުމްރާ އަށް ގެންދިއުމަށް ހާއްސަކޮށްފައި އޮންނަ ކުންފުންޏެކެވެ.
ރައީސް މުއިއްޒު މިގޮތައް ނިންމަވާފައި ވަނީ، ހައްޖަށް ދިޔުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ކިއުގައި އިންތިޒާރުގައި ތިބުމާއެކު، އެކަން ހައްލުކޮށް އެމީހުންނަށް އަވަހަށް ހައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.
ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ.
ރާއްޖެ އަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް 2013 ވަނަ އަހަރު އުފެއްދި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވަނީ ނިންމަވައިފައެވެ.
ރިއެކްޝަންސް