
ޕެނަލްޓީން ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސްއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
ޕެނަލްޓީގައި މިދިޔަ ސީޒަންގެ އެފް އޭ ކަޕް ޗެޕްމިއަން ކްރިސްޓަލް ޕެލަސްގެ ކީޕަރު ޑީން އެންޑަރސަން މޮޅު ދެ ޕެނަލްޓީއެއް މަތަކޮށް ފާއިތުވި ސީޒަންގެ ޕްރިމިއަރ ލީގު އުފުލާލި ލިވަޕޫލް ބަލިކޮށް ޕެލަސްއިން އެފް އޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.
މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ދެފަހަރަށްވެސް ލީޑު ނެގީ ލިވަޕޫލްއިންނެވެ.
4 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ގެ އެހީތެރިކަމާއެކު ހޫގޯ އެކިޓޭކޭ ފުރަތަމަ ގޯލް ކާމިޔާބުކުރިއިރު 21 ވަނަ މިނިޓްގައި ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނީ ލިވަޕޫލްއާ އަލަށް ގުޅުނު ޖެރެމީ ފްރިމްޕޮންގް އެވެ.
ޕެލަސްގެ ފުރަތަމަ ގޯލަކީ 17 ވަނަ މިނިޓްގައި ވާޖިލް ވެންޑައިކް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖީން-ފިލީޕޭ މަޓޭޓާ ކާމިޔާބުކޮށްދިން ގޯލެކެވެ. 77 ވަނަ މިނިޓްގައި ލިވަޕޫލްގެ އޭރިއާގެ ތެރެއިން ލިބުނު ފުރުޞަތެެއްގައި ޕެލަސްއަށް ނަތީޖާ އެއްވަރުކޮށްދިނީ އިސްމައިލް ސަރް އެވެ.
ޕެނަލްޓީގައި ފުރަތަމަ ލިވަޕޫއިން ފޮނުވާލި ދެ ޕެނަލްޓީވެސް ވީ ނާކާމިޔާބެވެ. ފުރަތަމަ ޕެނަލްޓީ މުޙައްމަދު ޞަލާޙްއަށް ފޮނުވާލެވުނީ ހުރަސްދަނޑިި މަތިން ބޭރަށެވެ. އަދި ދެވަނައަށް އެލެކްސިސް މެކް-އެލިސްޓަރ ފޮނުވާލީ ޕެނަލްޓީ ކީޕަރު އެންޑަރސަން ވަނީ ދިފާއުކޮށްފައެވެ.
ޕެލަސްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރީ މަޓޭޓާއެވެ. ނަމަވެސް އެބްރޭޗީ އެޒޭ ދެވަނައަށް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. ޕެލަސްގެ އިންވަނަ ޕެނަލްޓީ ކާމިޔާބުކުރީ ސާރް އެވް. ހަތަރުވަނަ ޕެނަލްޓީބޯނާ ސޮސާ އަތުން ނާކާމިޔާބު ވިއިރު, ފަހު ޕެނަލްޓީ ކާމިޔާބުކުރީ ޒުވާން ކުޅުންތެރިޔާ ޖަސްޓިން ޑެވެނީ އެވެ.
ލިވަޕޫލްގެ ތިންވަނަ ޕެނަލްޓީ ކާމިޔާބުކުރީ ކޯޑީ ގަޕްކޯއެވެ. ނަަމަވެސް ހާވީ އެލިއޮޓް ހަތަރުވަނައަށް ފޮނުވާލި ޕެނަލްޓީ ވަނީ އެންޑަރސަން މަތަކޮށްފައެވެ. ފަސްވަނަ ޕެނަލްޓީ ކާމިޔާބުކުރީ ޑޮމިނިކް ސޮބޮސްލައީ އެވެ.
މިއީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި ޕެލަސްއިން ކޮމިއުނިޓީ ޝީލްޑް އުފުލާލި ފުރަތަމަ ފަހަރެވެ. އެންމެ ގިނައިން ޝީލްޑް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ 21 ފަހަރު ޝީީލްޑް އުފުލާލި މެންޗެސްޓަރ ސިޓީ އަތިުގައެވެ.
ރިއެކްޝަންސް






