މަނަދޫ ބަނދަރު ސަރަހައްދުގައި މިސްކިތެއް ހުޅުވައިފި
މަނަދޫ މިސްކިތް ހުޅުއްވައިދެއްވީ މިސްކިތް އަޅުއްވައިދެއްވި ކުވޭތުގެ ވިޔަފާރިވެރިޔާ: ފޮޓޯ-މަނަދޫ ކައުންސިލް

މަނަދޫ ބަނދަރު ސަރަހައްދުގައި މިސްކިތެއް ހުޅުވައިފި

މިއީ ކުވޭތުގެ ވިޔަފާރިވެރިއަކު އަޅައިދިން މިސްކިތެއް

7 hours ago - 16:41
Aug 10, 2025 - 16:42
Advertisement
Advertisement

ނ.އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫ ބަނދަރު ސަރަހައްދުގައި މިސްކިތެއް ހުޅުވައިފިއެވެ. އެރަށު ބަނދަރު ސަރަހައްދުގައި ހުޅުވި މިސްކިތަކީ ކުވޭތުގެ ތަލާލް ޚަލީފާ އަލްޖެރީ އެރަށުގައި ޤާއިމްކޮށްދެއްވި މިސްކިތެކެވެ.

މަނަދޫ ކައުންސިލުން ޢާއްމުކޮށްފައިވާ ޕޯސްޓާއި ފޮޓޯތަކުގައި ވާގޮތުން މިސްކިތް ހުޅުއްވައިދެއްވީވެސް މަނަދޫއަށް ވަޑައިގެން ޚަލީފާ އަލްޖެރީ އެވެ. މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުއް ޚަލީފާ ތަލާލް އަލްޖެރީ އެވެ. މިއީ މިދިޔަ އަހަރު މަސައްކަތް ފަށާ އަހަރަކަށްވުރެވެސް ކުރު މުއްދަތެއްގެ ތެރޭގައި މުޅިން ނިންމި މިސްކިތެކެވެ. މިސްކިތް ހުންނަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ހަމަ މީހުން އަރާ ފައިބާ ހިސާބު ކައިރީގައެވެ.

މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަހުމާނު ޞަބީހު ވިދާޅުވީ ކުރިން ދައުރުގައިވެސް ބަނދަރު ސަރަހައްދުގައި މިސްކިތެއް އަޅަން މަސައްކަތްކޮށް އޮތީ ނުވެފައި ކަމަށެވެ. އެހެންކަމުން ވަކި މުއްދަތެއް ދިނުމަށްފަހު މިސްކިތް ނޭޅުމުން ބިން ނެގީކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Advertisement

ފަހުން އެކަން ހަމަޖެހުނީ ކައުންސިލް މެމްބަރު މުއުމިނާ ސާލިހު މަސައްކަތް ކުރައްވައިގެން ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުالله ރަޝީދުއާ ދެކެވުނު ވާހަކަތަކަކަށްފަހު ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިސްކިތް މަނަދޫގައި އެޅުމަށް ކުވެއިތުގެ ވިޔަފާރިވެރިޔާގެ އެހީ ހޯއްދެވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ ޢަބްދުالله ރަޝީދުއެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މިސްކިތަކީ 114 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިހާތަނަށް މަނަދޫގައި ހުރި ދެ މިސްކިތަކީވެސް ބަނދަރު ސަރަހައްދާ ދުރު, ރަށަށް އަރާ ފައިބާ މީހުންނަށް އުނދަގޫ ހިސާބެއްގައި ހުރި ދެ މިސްކިތެވެ. ބަނދަރު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ ވިސްނުމަކީ އެކަމަށް ހައްލެއް ހޯދަން ކައުންސިލުން ނެގި އިސްނެގުމެކެވެ. މަނަދޫ އަކީ ތަފާތު ބޭނުންތަކުގައި ކޮންމެ ދުވަހަކު ގިނަ ބަޔަކު އަރާފައިބާ ރަށެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިޔާތާއެކު ރައްޔިތުން ވަނީ ޚަލީފާ އަލްޖެރީ އަށް ޖާފަތެއް ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement