މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓާއިއެކު ތުޅާދޫއިން މީހަކު ހައްޔަރުކޮށްފި
ތުޅާދޫ އިން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ / ފޮޓޯ: ފުލުހުން

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓާއިއެކު ތުޅާދޫއިން މީހަކު ހައްޔަރުކޮށްފި

21 hours ago - 15:01
Jun 10, 2025 - 15:21
Advertisement
Advertisement

ބ. ތުޅާދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޭނާގެ އަތުންރަބަރު ޕެކެޓުތައް ފެނިފައި ވަނީ ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް އެއިދާރާގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި ތުޅާދޫ ޕޮލިހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާލުވިއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ތުޅާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement