ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު ނިޔާވެއްޖެ
ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު ނިޔާވެއްޖެ

މަރްޙޫމް އަޙްމަދު ރަޝީދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައި

22 hours ago - 14:51
Jun 10, 2025 - 14:52

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިުރާގެ ކުރީގެ މެމްބަރު އަޙްމަދު ރަޝީދު ނިޔާވެއްޖެއެވެ. ރަޝީދު ނިޔާވެފައިވަނީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދުގެ ވަގުތެއްގައެވެ.

އަޙްމަދު ރަޝީދު ނިޔާވުމާ ގުޅިގެން ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މަރްޙޫމް ރަޝީދުގެ ސިޔާސީ މަސައްކަތްޕުޅު ފާހަގަކުރައްވާ, އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ, އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވަނީ މްރްހޫމް ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި, މާތްالله ގެ ތަނަވަސް ރަޙްމަތުގައި އަބަދުގެ އަބަދަށް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ.

މަރްހޫމް ރަޝީދުގެ ޖަނާޒާ އޮންނާނީ މިރޭގެ މަޤްރިބް ނަމާދަށްފަހުއެވެ. 

Advertisement
Advertisement

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕިޕީއެމް) ގެ ޓިކެޓްގައި އަޙްމަދު ރަޝީދު މަޖްލީހަށް ހޮވިވަޑައިގެން 18 ވަނަ މަޖިލީސްގެ ގައްދޫ ދާއިރާގެ މެމްބަރުކަން ވަނީ ކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow