އިންޑިއާ އަދި ޕާކިސްތާނުންވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ

އިންޑިއާ އަދި ޕާކިސްތާނުންވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ

4 hours ago - 21:41
May 10, 2025 - 22:53

އިންޑިއާ އަދި ޕާކިސްތާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގައި ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ދެ ޤައުމުންވެސް އެއްބަސްވެއްޖެއެވެ. ނިއުކްލިއާ ހަތިޔާރުގެ ބާރު ލިބިފައިވާ ދެ ޤައުމުގެ މެދުގައި ޒަމާންތަކެއްވަންދެން އުފެދިފައިވާ ދުޝްމަން ކަމާއެކު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ އެމެރިކާއިން އިސްވެ އޮވެ ބޭއްވި ސުލްހައިގެ މަޝްވަރާތަކަށް ފަހުއެވެ.

މި ޑީލްއާއެކު އެކު ދެގައުމުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ވަރަށް އަވަހަށް ހުއްޓާލާނެކަމަށް ބެލެވިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި މިސައިލް އަދި ޑްރޯން މެދުވެރިކޮށްދޭ ހަމަލާތައްވެސް ހިމެނޭނެއެވެ.

ދެ ޤައުމުގެ މެދުގައި އަސްކަރީ ނުތަނަވަސްކަން އުފެދި 'ހަނގުރާމަ އަކަށް' ބަދަލުވީ ފާއިތުވިމަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ފަތުރުވެރިން ތަކަކަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެންނެވެ. ހަމަލާގެ ތުހުމަތު ޕާކިސްތާންގެ ބޮލުގައި އަލުވާ އިންޑިއާއިން  ޕާކިސްތާނަށް ދޭންފެށި ހަމަލާތަކާއެކު މަޞްރަޙް ގޯސްވެ ދެފަރާތުގެ ހަމަލާތަކުގައި އާންމުންގެ 50 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމަލާތައް ހުއްޓާލަން ދެ ފަރާތުން އެއްބަސްވިކަން ފުރަތަމަ އިއުލާންކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ޓްރަމްޕްގެ މީސްމީޑިއާ 'ޓްރުތް' ގައި ޓްރަމްޕް ވަނީ  އިންޑިއާ އަދި ޕާކިސްތާނުންވެސް ވަގުތުން ވަގުތަށް އަދި ހަަމަލާތައް މުޅިން ހުއްޓާލާކަމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ.

Advertisement
Advertisement

ނަމަވެސް ޖިއޯ ނިއުސްގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިޝާގް ޑަރް ހަމަލާތައް ހުއްޓާލިކަން އިއުލާންކުރި އިރުވަނީ ސައުދީ އެރެބިއާ އަދި ތުރުކީ އިން މަޝްވަރާ ތަކުގައި މުހިއްމު ދައުރެއްް އަދާކުރި ކަމަށް ވިދާޅުވެފައެވެ.

ދެ ޤައުމުންވެސް ވަނީ އެއްގަމާއި, ކަނޑު އަދި ވައިގެ މަގުންވެސް އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަން އަދި އެއްވެސް ހަމަލާއެއް ނުދޭނެކަމުގެ ޔަޤީންކަން ދީފައި. ހުރިހާ ފަރާތަކަށްވެސް ވަނީ އެންމެހާ އިރުޝާދުތައް ދެވިފައި. ހޯމަ ދުވަހު އަލުން އެންމެ އިސް އަސްކަރީ ވެރިން ބައްދަލުކުރާނެ" ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަން ކަށަވަރުކޮށްދެމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow